އިނގުރައިދޫ ދާއިރާގެ ގޮނޑީގައި ފަލާހު އެނބުރި މަޖިލީހަށް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އިބްރާހީމް ފަލާޙް ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ފަލާހް މި ގޮ...

21 Apr 2024 | 17:46

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އިބްރާހީމް ފަލާޙް ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ފަލާހް މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން ޤާސިމް (އަވޭރޭ ޙަސަން)އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ސަލީމް ޙުސައިންއާއި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިސްމާޢީލް ޢަލީއާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ފަލާހަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ތިން ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް