މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަމު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް ޔޫސުފް ނަޝީދު (ޔޫތު) ކާމިޔާބު ކުރައްވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ޔޫތު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޢަބްދުﷲ ޝަރީފްއާއި އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ޝަރީފްއާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ޔޫތަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ދެ ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް