މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް މުޙައްމަދު މުޞްޠަފާ އިބްރާހީމް (އިމްނާ މުޞްތޮ) ކާމިޔާބު ކުރައްވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އިމްނާ މުސްތޮ މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ފަލާޙް (ފަލާ) އާއި އަމިއްލަގޮތުން ވާދަކުރެއްވި މުޙައްމަދު ތައުފީޤް ޢަލީ (ތޯޓޭ)އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އަޙްމަދު ސަޢީދުއާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އިމްނާ މުސްތޮއަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ތިން ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް