މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި މިނިވަން ކެންޑިޑޭޓް އަޙްމަދު ޟަމީރު ކާމިޔާބު ކުރައްވައިފިއެވެ.
އަމިއްލަގޮތުން ވާދަކުރައްވައި ޟަމީރު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަކްރަމް ކަމާލުއްދީން އަމިއްލަގޮތުން ވާދަކުރެއްވި މުރުތަޟާ މުޙައްމަދުދީދީ އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އާޝިޔަތު އަލައިކާ ޢަދުނާން އާއި އަދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ޢަބްދުލްޤާދިރު (ކޫކު) އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ޟަމީރަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ހަތަރު ކެންޑިޑޭޓުންނަށްވުރެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް