ފާރިސް އާއި އަމްރު ބަލިކޮށް މައްޗަންގޯޅި އުތުރު ގޮނޑި ނެގީ އިއްބެ ޖަނާބު

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބު) ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި...

21 Apr 2024 | 16:15

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބު) ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އިއްބެ ޖަނާބު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޟިރުޣާމު ވަޙީދު (ނާމު)އާއި އަމިއްލަގޮތުން ވާދަކުރެއްވި އަސްޢަދު ޝަރީފް (އަސްޢަދު)އާއި އަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫންއާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދު އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އިއްބެ ޖަނާބަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ހަތަރު ކެންޑިޑޭޓުންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް