އަލީ ވަހީދު ބަލިކޮށް ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ފަރުޙަތު މުޙައްމަދު ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް ފަރުޙަތު މުޙައްމަދު ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ފަ...

21 Apr 2024 | 16:05

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް ފަރުޙަތު މުޙައްމަދު ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ފަރުޙަތު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޢަލީ ވަޙީދުއާއި އަމިއްލަގޮތުން ވާދަކުރެއްވި އައިމަން މުޙައްމަދާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ފަރުޙަތަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ދެ ކެންޑިޑޭޓުންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް