ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ސަރުކާރު ކެންޑިޑޭޓް އައިފާން ކާމިޔާބުކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓް ޢަހްމަދު އައިފާން ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އައިފާ...

21 Apr 2024 | 15:49

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓް ޢަހްމަދު އައިފާން ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އައިފާން މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ޢިޝްރަތު ޙަމީދު އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހީމް މުޢިއްޒު ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އައިފާން އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ދެ ކެންޑިޑޭޓުންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް