ފޮނަދޫ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު އަދުރޭ ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު ސަރުކާރުގެ ކެންޑިޑޭޓް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވ...

21 Apr 2024 | 15:41

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު ސަރުކާރުގެ ކެންޑިޑޭޓް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އަދުރޭ މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޙުސައިން އަބޫބަކުރު އާއި އަމިއްލަގޮތުން ވާދަކުރެއްވި އިބްރާހީމް އަނީސް (ޝާނީޒް އަނީސް) އަމިއްލަ ގޮތުން ވާދަކުރެއްވި އާމިނަތު ޝާކިރާ (ލޯލާ) އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އަޒްލިފާ ޔޫސުފް އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އަދުރޭ އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ހަތަރު ކެންޑިޑޭޓުންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް