ހެންވޭރު ދެކުނު ދާއިރާ ސަރުކާރު ކެންޑިޑޭޓް ޙުސައިން އިމްރާން ލަތީފް ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓް ޙުސައިން އިމްރާން ލަތީފް (އިންމު)  ކާމިޔާބު ކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަ...

21 Apr 2024 | 15:31

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓް ޙުސައިން އިމްރާން ލަތީފް (އިންމު)  ކާމިޔާބު ކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އިންމު މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް މުހައްމަދު (ނިޝާން)، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޙުސައިން ޝަހީމް (އަނދުން ހުސެއިން) އަދި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ސައިފް ފާތިޙް (އައިކޮ)އާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އިންމު އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ތިން ކެންޑިޑޭޓުންނަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް