އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯދައި ހިތަދޫ މެދު ދާއިރާ އަޒާން ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި ނޫސްވެރިޔާ އަޙްމަދު ޢަޒާން މަރުޒޫޤު ކާމިޔާބުކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އަޒާން މި ގޮނޑި...

21 Apr 2024 | 15:21

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި ނޫސްވެރިޔާ އަޙްމަދު ޢަޒާން މަރުޒޫޤު ކާމިޔާބުކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އަޒާން މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓު މުޙައްމަދު ޝުޢާޢު މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި އަޒާން އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ކެންޑިޑޭޓަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް