ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ސަޢުދާ ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ފާޠިމަތު ސަޢުދާ (ސައު) ކާމިޔާބުކުރައްވައިފިއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ސަޢުދާ މި ގ...

21 Apr 2024 | 15:11

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ފާޠިމަތު ސަޢުދާ (ސައު) ކާމިޔާބުކުރައްވައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި ސަޢުދާ މި ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ރަޝީދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ސަޢުދާ އަށް ލިބިފައިވާ ވޯޓުގެ އަދަދު އުޅެނީ އަނެއް ކެންޑިޑޭޓަށްވުރެ ބޮޑުތަނުން ކުރީގައެވެ.

ސަޢުދާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް