ދެ ލައްކަ މީހުންގެ ވޯޓާއި އެކު ވޯޓު ކިޔޫތައް ބަންދުކޮށްފި.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުނު އިރު،207693 މީހުން ވަނީ ވޯޓު ލާފައެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު 17:00 އާއި ހަމައަށް 102،867 އަންހެނުންނާއި 207،693 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.
އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 72.96 އިންސަތައަށް އަރާފައެވެ. ވޯޓުނުލާ މީހުންގެ އަދަދަކީ 76،970 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 27.04 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ވޯޓު ކިޔޫތައް ބަންދު ކުރި ނަމަވެސް، ކިޔޫގައި މީހުން ތިބި ނަމަ ވޯޓު ފޮށިތައް ބަންދުކުރެވޭނީ އެބޭފުޅުން ވޯޓު ލީމަކަމަށް އިލެކްޝަންއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް