މަޖިލިސް އިންތިހާބު 2024: ބާކީ 30 ހަކަށް މިނެއްޓު، ވޯޓު ނުލާ 36 އިންސައްތަ

ވޯޓު ލުމުގެ ވަގުތު ހަމަވާން ބައި ގަޑި އިރަށް ވެފައިވާ އިރު، ވޯޓު ނުލާ 36 އިންސަތަ މީހުންވާ ކަމަށް އިލެކްޝަންއިން ބުނެފި. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހަވީރު 4:00 އާއި ހަމައަށް 88،230 އަނ...

21 Apr 2024 | 12:05

ވޯޓު ލުމުގެ ވަގުތު ހަމަވާން ބައި ގަޑި އިރަށް ވެފައިވާ އިރު، ވޯޓު ނުލާ 36 އިންސަތަ މީހުންވާ ކަމަށް އިލެކްޝަންއިން ބުނެފި.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހަވީރު 4:00 އާއި ހަމައަށް 88،230 އަންހެނުންނާއި 93،176 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.

އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 181،406 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 103،257 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 36.27 އިންސައްތައެވެ.

މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް