މަޖިލިސް އިންތިހާބު 2024: މިހާތަނަށް 3 މީހަކު ހައްޔަރު ކޮށްފި

މިއަދު ކުރިއަށް ގެންދާ މަޖިލިސް އިންތިހާބާއި ގުޅިގެން 3 މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައިވާ ފުލުހުން ބުނެފި. ހައްޔަރު ކުރެވިފައިވަނީ މާލެއިން އެކަކެވެ. ފުލުހުން ބުނި ގޮތުގައި މާލެއިން މީހަކު ފުލުހ...

21 Apr 2024 | 11:52

މިއަދު ކުރިއަށް ގެންދާ މަޖިލިސް އިންތިހާބާއި ގުޅިގެން 3 މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައިވާ ފުލުހުން ބުނެފި.

ހައްޔަރު ކުރެވިފައިވަނީ މާލެއިން އެކަކެވެ. ފުލުހުން ބުނި ގޮތުގައި މާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވޯޓު ކަރުދާސް ދެއްކި މައްސަލައެއްގައި ކަމަށްށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގދ.ފިޔޯރީއިންވެސް ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފިޔޯރީއިން ދެ މީހަކު ހައްޔަރު ކުރީ، ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓު ލުމަށް ހުރަސް އެޅި ކަމުގައި ކަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވޯޓުލާ މަރުކަޒުތައް އަމާންކަން މަތީ ބޭއްވުމަށް ފުލުހުން ވަނީ ސެކިއުރިޓީ ލެވެލް މަތި ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް