ތިނެއް ޖެހުމާއި ހަމައަށް އެއް ލައްކަ ފަސްދޮޅަސް ހާސްމީހުން ވޯޓުލައިފި ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު މެންދުރު 15:00 ޖެހުމާއި ހަމައަށް 77،227 އަންހެނުންނާއި 82،931 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.
އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 160،158 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 124،505 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 43.74 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް