މަޖިލިސް އިންތިހާބު 2024: 60 އިންސަތަ ވޯޓުނުލާ

މިހާތަނަށް އެއް ލައްކަ އަށް ވުރެން ގިނަ އަދަދެއްގެ ރައްޔިޔުން ނިކުމެ ވޯޓު ލައިފި ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހެނދުނު 13:00އާއި ހަމައަށް 51،976...

21 Apr 2024 | 09:23

މިހާތަނަށް އެއް ލައްކަ އަށް ވުރެން ގިނަ އަދަދެއްގެ ރައްޔިޔުން ނިކުމެ ވޯޓު ލައިފި ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހެނދުނު 13:00އާއި ހަމައަށް 51،976އަންހެނުންނާއި 61،651 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.

އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 113،627 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 171،036 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 60.08 އިންސައްތައެވެ.

މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ވޯޓު ލުމުގެ ހައްގު ވީ އެންމެ އަވަހަކަށް ނިކުމެ އަދާކޮށްދިނުމަށް އިލެކްޝަން އިން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް