ވޯޓު ލުމުގެ ކަންކަން ކުރިއަށް ދަނީ އަމާންކޮށް

ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށާއި މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވ...

21 Apr 2024 | 09:11

ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށާއި މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ވޯޓުލާން ހަމަޖެހިފައިވާ ހުރިހާ މަރުކަޒު ތަކެއްގައި ވޯޓު ލާން ދާން ޖެހޭ ތަން އަންގައި ދިނުމަށް އިންތިޒާމުތައް ހަމަޖައްސާފައިވަނީ ރަގަނޅަށް ކަމަށްވެސް އެ ކޮމިޝަންއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޮފިޝަލުން ވާންޖެހޭ ތައްޔާރީތަށް ނުވެވުމުގެ ސަބަބުން ވޯޓު ފޮށި ފެށުމަށް ކަނޑައެޅިފައިވާ ގަޑި8:00 އިރުގައި ވޯޓުލާން ފެށިފައިވަނީ 77 އިންސައްތަ މަރުކަޒުތަކަށެވެ.

އެގޮތުން އެ ކޮމިޝަނުން ބުނީ އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓު ލާން ފެށުނީ8:35 ގައި ކަމަށްށެވެ. މިހާތަނަށް އެއް ލައްކަ އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު، 60.08 އިންސައްތަ މީހުން ވޯޓު ނުލާ އެބަތިއްބެވެ. މިއަދު ހަވީރު5:30ގެ ނިޔަލަށް ވޯޓުލުމުގެ ވަގުތު ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަންއިން ވަނީ އަންގާފައެވެ. އިލެކްޝަންއިން ވަނީ ހުރިހާ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު، ވީ އެންމެ އަވަހަކަށް އަދާކޮށް ދިނުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް