މިއަދު ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގައި ވޯޓުލީ އަދަދު ލައްކަ އަކާއި ގާތް ކޮށްފިއެވެ.
އެގޮތުން އިލެކްޝަން ކޮމިޝަންއިން ބުނެފައިވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށް 41،980 އަންހެނުންނާއި 51،244 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.
އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 93،224 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 191،439 އެކެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 67.25 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް