ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުދެއްވައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު، ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދާކުރައްވައިފިއެވެ. ރައީސް ސޯލިހް ވޯޓުލެއްވުމަށްފަހު މީޑިއާއަށް ދެއް...

21 Apr 2024 | 07:39

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު، ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދާކުރައްވައިފިއެވެ.

ރައީސް ސޯލިހް ވޯޓުލެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އިންތިހާބުގައި ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ ކަމަށެވެ. ސާފު އަގުލަބިއްޔަތަށް ވާނީ 93 ގޮނޑީގެ ތެރެއިން 47 ގޮނޑި ލިބުމުންނެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު މި އިންތިހާބުގައި ޖުމްލަ 602 ވޯޓުފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 241 ވޯޓުފޮއްޓެއް ބަހައްޓަނީ މާލެ ސަރަހައްދުގައެވެ. 34 ވޯޓުފޮއްޓެއް ބަހައްޓަނީ ރިސޯޓުތަކުގައެވެ.

ވޯޓުލުން ކުރިއަށްދާނެ ވަގުތުތަކަށް ބަލައިލާއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހެނދުނު 08:00 އިން ހަވީރު 05:30 އަށެވެ. ކިޔޫގައި މީހަކު ނެތްނަމަ 05:30 ގައި ވޯޓުފޮށި ބަންދުކޮށް 30 މިނެޓު ފަހުން ގުނަން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް