މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 16.61 އިންސައްތަ މީހުން ވޯޓުލާފައިވާކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހެނދުނު 10:00 އަކާއި ހަމައަށް 1785 އަންހެނުންނާއި 29411 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.
އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 42،296 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 237367އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 83.39އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް