ކައިޒީންގެ 3 މިލިއަން ރުފުޔާގެ ބޯޓުގެ މައްސަލަ ހައިކޯޓުން އިސްތިއުނާފުކޮށްފި

ރާއްޖޭގެ މަޝްހޫރު މޮޑަލް އަދި ސޯޝަލް މީޑިޔާ އިންފުލުއެންޒާ، ކައިޒީން 3 މިލަޔަން ރުފިޔާގެ ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައަށް ދައުވާކޮށްފައިވަނީ 2022 ވަނަ އަހަރު ޑިސެންބަރު މަހު ތެރޭގައެވެ. މި މައް...

21 Apr 2024 | 06:00

ރާއްޖޭގެ މަޝްހޫރު މޮޑަލް އަދި ސޯޝަލް މީޑިޔާ އިންފުލުއެންޒާ، ކައިޒީން 3 މިލަޔަން ރުފިޔާގެ ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައަށް ދައުވާކޮށްފައިވަނީ 2022 ވަނަ އަހަރު ޑިސެންބަރު މަހު ތެރޭގައެވެ. މި މައްސަލައިގައި އޭނާގެ ބައްޕަގެ މައްޗަށް ކައިޒީން ދައުވާކުރީ، 3 މިލިއަނަށް ވުރެން ގިނަ އަދަދެއްގެ ފައިސާ ދީގެން ގަތް ބޯޓުަދަދެއްގެ ފައިސާ ދީގެން ގައިން  އޭނާގެ ނުރުހުމުގައި ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފާ ވާތީއެވެ.

މި ދައުވާއަށް ކައިޒީން ބައްޕަ އިންކާރުކޮށްފައިވާއިރު، ކައިޒީން ވަނީ ފައިސާދިން އިރު ހެކި ވެރިޔަކު ހުރި ކަމަށް ބުނެފައެވެ. ސިވިލް ކޯޓުން ހެކިވެރިޔާއާއި ސުވާލުކޮށް ހެކިވެރިޔާގެ ބަހުގައި ފައިސާ ދިން ގޮތާއި އަދަދާ ގުޅިގެން ފުށުއަތް ތެރި ކަމެއް ހުރުމުން މައްސަލަ ސާބިތު ކުރެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ. އަދި ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމުގައި ކަނޑައެޅެން ނެތް ކަމަށްވެސް އެ ކޯޓުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކައިޒީން އެދެނީ ބޯޓުގެ މިލްކުވެރިކަމާއި ބޯޓުގެ ރަޖިސްޓަރީ ކައިޒީންގެ ނަން މައްޗަށް ބަދަލުކުރާށެވެ.

ސިވިލް ކޯޓުން މައްސަލަ ނެރެލުމާއި އެކު ކައިޒީން ވަނީ މި މައްސަލަ ހައި ކޯޓަށްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސިވިލް ކޯޓުގެ ނިންމުމަށް ބަލާފައި ހައިކޯޓުން ވަނީ މައްސަލަ އިސްތިއުނާފުކޮށްފައއެވެ. އަދި މައްސަލަ ނިންމުމާ ބެހޭގޮތުން ހައިކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް