މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ ފުރަތަމަ ގަޑިއިރެއްގެ ތެރޭގައި ނުވަ އިންސައްތަ މީހުން ވޯޓުލާފައިވާކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހެނދުނު 09:00 އާއި ހަމައަށް 7،803 އަންހެނުންނާއި 16،900 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ.
އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 24،703 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 259،960 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 91 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް