މަޖިލިސް އިންތިހާބު 2024: ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށް

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑ...

21 Apr 2024 | 04:36

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު މި އިންތިހާބުގައި ޖުމްލަ 602 ވޯޓުފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 241 ވޯޓުފޮއްޓެއް ބަހައްޓަނީ މާލެ ސަރަހައްދުގައެވެ. 34 ވޯޓުފޮއްޓެއް ބަހައްޓަނީ ރިސޯޓުތަކުގައެވެ.

ވޯޓުލުން ކުރިއަށްދާނެ ވަގުތުތަކަށް ބަލައިލާއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހެނދުނު 08:00 އިން ހަވީރު 05:30 އަށެވެ. ކިޔޫގައި މީހަކު ނެތްނަމަ 05:30 ގައި ވޯޓުފޮށި ބަންދުކޮށް 30 މިނެޓު ފަހުން ގުނަން ފަށާނެއެވެ.

https://twitter.com/dhuvasmv/status/1781902956071444839

ބޭރުގެ ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާ ގަޑިތަކަށް ބަލާއިރު އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލުން ކުރިއަށްގެންދަނީ ހެނދުނު 08:30 އިން ހަވީރު 06:00 އަށެވެ. ސްރީ ލަންކާގެ ކޮލޮމްބޯގައިވެސް ހަމަ އެގަޑިތައް ހަމަޖައްސާފައިވާއިރު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހެނދުނު 11:00 އިން ރޭގަނޑު 08:30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް