ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން އަވަހަށް ނިކުމެ ވޯޓުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފިއެވެ.
ރައްޔިތުންގެ ކިބައިން ރައީސް މިކަމަށް އެދިލެއްވީ މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުދެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވޯޓުދެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ އެމަނިކުފާނުގެ ދާއިރާގެ ފޮއްޓަށެވެ.
ރައީސް ވިދާޅުވީ ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގެއް ކަމަށާއި ހުރިހާ ރައްޔިތުން ނިކުމެ ވަޑައިގެން އަވަހަށް ވޯޓުދެއްވުމަކީ ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރުން ހޮވުމަށް ބާއްވާ މިއިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް