މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވޯޓު ދިނުމުގެ ހައްގު އަދާކުރައްވައިފިއެވެ.
ރައީސް ވޯޓުދެއްވީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ އެމަނިކުފާނުގެ ދާއިރާގެ ފޮއްޓަށެވެ.
ވޯޓު ދެއްވުމަށް ރައީސް ވަނީ ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވާފައެވެ. އެ އިންޓަވިއުގައި ރައީސް ވިދާޅުވީ ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގެއް ކަމަށާއި ހުރިހާ ރައްޔިތުން ނިކުމެ ވަޑައިގެން އަވަހަށް ވޯޓުދެއްވުމަކީ ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރުން ހޮވުމަށް ބާއްވާ މިއިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް