މަޖިލިސް އިންތިހާބު: އަދަދުތަކާއި ގަޑިތައް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ރާއްޖެއާއި ބޭރުގެ ތިން ގައުމެއްގައި ކުރިއަށްދާނެއެވެ. މި ލިޔުމުގައި މި ބަލައިލަނީ އިންތިހާބުގެ އަދަދުތަ...

21 Apr 2024 | 02:23

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ރާއްޖެއާއި ބޭރުގެ ތިން ގައުމެއްގައި ކުރިއަށްދާނެއެވެ.

މި ލިޔުމުގައި މި ބަލައިލަނީ އިންތިހާބުގެ އަދަދުތަކާއި ގަޑިތަކަށެވެ.

އެގޮތުން 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާ މި އިންތިހާބުގައި ޖުމްލަ 602 ވޯޓުފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 241 ވޯޓުފޮއްޓެއް ބަހައްޓަނީ މާލެ ސަރަހައްދުގައެވެ. 34 ވޯޓުފޮއްޓެއް ބަހައްޓަނީ ރިސޯޓުތަކުގައެވެ.

ވޯޓުލުން ކުރިއަށްދާނެ ވަގުތުތަކަށް ބަލައިލާއިރު ރާއްޖޭގައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހެނދުނު 08:00 އިން ހަވީރު 05:30 އަށެވެ. ކިޔޫގައި މީހަކު ނެތްނަމަ 05:30 ގައި ވޯޓުފޮށި ބަންދުކޮށް 30 މިނެޓު ފަހުން ގުނަން ފަށާނެއެވެ.

ބޭރުގެ ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާ ގަޑިތަކަށް ބަލާއިރު އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލުން ކުރިއަށްގެންދަނީ ހެނދުނު 08:30 އިން ހަވީރު 06:00 އަށެވެ. ސްރީ ލަންކާގެ ކޮލޮމްބޯގައިވެސް ހަމަ އެގަޑިތައް ހަމަޖައްސާފައިވާއިރު މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ހެނދުނު 11:00 އިން ރޭގަނޑު 08:30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް