މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ގޮތަށް މި އަހަރުގެވެސް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިކަން އަންގަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ 2022/4 ވަނަ ނަންބަރު ދެންނެވުމުގައި ކަމަށެވެ.
އެހެންކަމުން ރަމަޟާންމަހުގެ ރަސްމީ ގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް