އައްޑޫ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ. ހަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރީ59 އަހަރުގެ ދ...

21 Apr 2022 | 18:14

އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

ހަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރީ59 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގަ އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ. މި މައްސަލައިގަ އެ މީހާ އާއި ދެކޮޅަށް ހުރި ހެކިތައް ފިޔަވާ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް އެނގިފައި ނުވާކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގައި ލިބެންހުރި ހުރިހާ ހެއްކެއް ހޯދައި، ސުވާލުކުރަން ޖެހޭ ހުރިހާ މީހުން ސުވާލު ކުރި އެވެ.

އެ އަންހެން މީހާގެ މައްޗަށް ދައުވާ ނުކުރަން މިއަދު ނިންމމީ ޕީޖީ އޮފީހުންނެވެ. ފުލުހުން ބުނީ ތަހުގީގުކޮށް ނިންމުމަށް ފަހު އަންހެން މީހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވީ އިއްޔެ އެވެ.

ޕީޖީ އޮފީހުން އެގޮތަށް ނިންމީ އެ މިހާގެ މައްޗަށް ދައުވާ ކުރެވޭނެ ޖިނާއީ ހެއްކެތް ނެތުމުން ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ މީހާ ދޫކޮށްލަން ގޮވާލައި، އައްޑޫގައި ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަނެއްގައި ވެސް ސޮއިކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް