ރައީސްގެ ގަރާރަކުން ހިޔާލުފާލު ކުރުުގެ މިނިވަންކަން ނުހުއްޓުވޭނެ: މެމްބަރު އަލީ ހުސައިން

"އިންޑިއާ އައުޓް" ކިޔުން ހުއްޓުވުމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑު ވިދާޅުވެއްޖެ އެވެ. ރައީސްގެ ގަރާރުގައި ވިދާޅުވީ “އިންޑިއާ އައުޓް” ހަރަކ...

21 Apr 2022 | 17:59

"އިންޑިއާ އައުޓް" ކިޔުން ހުއްޓުވުމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވީ “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ގަރާރުގައި ރައީސް ވަނީ އިންޑިއާއާ ދެކޮޅު އެ ހަރަކާތް ހުއްޓުވުމުގެ ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވައިފަ އެވެ.

ރައީސް ގަރާރު ނެރުއްވި ވަގުތަކީ ފުލުހުން، ހ. ދޫވެއްސާއި ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނަގަން އުޅުނު ވަގުތެވެ.

މިކަމާއި ގުޅުވައި އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ހަނިކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި އެއީ ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

https://twitter.com/AleeVoice/status/1517119644251062272

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންވެސް ވަނީ ރައީސްގެ ގަރާރަކީ ގާނޫނު އަސާސީ އާއި ހިލާފު ގަރާރެއް ކަމަށް ބުނެފަ އެވެ. އަދި އެ ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އިންޑިއާ އައުޓް ކިޔުން ނުހުއްޓާނެ ކަމަށެވެ.

އިދިކޮޅުން ވަނީ ރައީސްގެ ގަރާރު ބާތިލް ކުރަން ކޯޓަށް ދާންވެސް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް