ފުވައްމުލަކު ސިޓީއަށް ބަނދަރު ކުރާ ސަފާރީތަކުން ނަގާ ފީ އަނެއްކާވެސް 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
އެ ސިޓީ ކައުންސިލުން މިދިޔަ ޖެނުއަރީ މަހު ނިންމީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަނދަރު ކުރާ ސަފީރާތަކުން ދުވާލަކު500 ޑޮލަރުގެ ފީއެއް ނަގާށެވެ. އެ ނިންމުން މުރާޖައާ ކުރަން ނިންމީ އެކަމާއި ގުޅިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހެޅުމުންނެވެ.
އެހެންވެ މިމަހުގެ އެއް ވަނަ ދުވަހު އެ ފީ ނަގަން ފެށުމަށް ފަހު ފުވައްމުލަށް ސިޓީ ކައުންސިލުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ. އަދި ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ނަގާފައިވަނީ ސަފާރީއުން ދުވާލަކަށް50 ޑޮލަރެވެ.
ސިޓީ ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި އޮތީ މިއަދުން ފެށިގެން 100 ފޫޓަށް ވުރެ ކުދި ސަފާރީތަކުން 150 ޑޮލަރަށް އަދި އެ އަށް ވުރެ ބޮޑެތި ސަފާރީތަކުން 200 ޑޮލަރުގެ ފީއަކަށެވެ. އެކަމަކު ދުވަސް ޖެހުމާއި އެކު ސިޓީ ކައުންސިލުން ވަނީ އެ ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލާފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފީ ކުޑަކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އަނެއްކާވެސް ނަގަމުން ދާނީ ކޮންމެ ދުވަހަކަށް 500 ޑޮލަރުގެ ފީއެއް ކަމަށް އެ އިއުލާނުގައިވެ އެވެ.
އެކަމަކު، ކުރީގެ ނިންމުމަށް އަމަލުކުރުން ފަސްކުރި ސަބަބެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް