ގަލޮޅު ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގަލޮޅުގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ގަރާޖު ހުންނަނީ ގ. ނިއު ކޮލަމްބިއާ ގެއާ އިންވެގެންނެވެ. އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕ...

21 Apr 2022 | 15:10

ގަލޮޅުގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ގަރާޖު ހުންނަނީ ގ. ނިއު ކޮލަމްބިއާ ގެއާ އިންވެގެންނެވެ. އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓު ކުރީ ހަވީރު 4:26 ގައި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ރޯވި އަލިފާން ގަނޑު ނިވާލެވުނީ 4:53 ގައި އެވެ. އޭނާ ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އެކަމަކު އަލިފާން ރޯވުމުގެ ސަބަބުން ގަރާޖަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ގަރާޖު ކުރިމަތީގައި ޕާކުކޮށްފައި ހުރި ގިނަ ސައިކަލުތަކެއް ވަނީ އަނދާ ހުލިވެފަ އެވެ.

އެމްއެންޑީއެފުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް