ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރަކަށް މުހައްމަދު މުސްއަދު އައްޔަން ކޮށްފި އެވެ.
އެ ކުންފުނިން ބުނީ މުސްއަދު މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންނަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމާއެކު ދިރާގުގެ ސައިބާ ސެކިއުރިޓީއާއި އިންފޮމޭޝަން ސިސްޓަމާއި އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ މުއްސަދުއެވެ.
މުސްއަދު އަކީ ޗާޓާޑު އިންޖިނިއަރެކެވެ. އަދި ޓެލެކޮމް ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 23 އަހަރު ވަނީ ވެފައެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލްއިން އިންޖިނިއަރިން އިން މޮބައިލް ޓެލެކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އަދި ނިއުޒީލެންޑްގެ ޔުނިވާސިޓީ އޮފް ވެލިންގްޓަންއިން މާސްޓާސް އޮފް ކޮމާސް އިން އިންފޮމޭޝަން ސިސްޓަމް ހާސިލުކުރައްވައިފައެވެ.
މިހާރު މުސްއަދު ހުންނެވީ ދިރާގުގެ ޑައިރެކްޓާ އޮފް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް