ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވާ ތާރީހު އަވަސް ކޮށްފި އެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ވިލިމާލޭ އަންހެނުންގެ ކޮމީޓީގެ މެމްބަރު އާމިނަތު އީމާން ނިޔާވުމުންނެވެ. އޭނާ ނިޔާވީ ހުޅުމާލޭގައި ސައިކަލުގައި ދަނިކޮށް ކަހާލައިގެން ވެއްޓި ލުބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު އެވެ.
އެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ މެއި މަހުގެ16 ވަނަ ދުވަހު އެވެ. އީސީން ވަނީ އެ ތާރީހު އަވަސްކޮށް މެއި14 ވަނަ ދުވަހު އިންތިހާބު ބާއްވަން ހަމަޖައްސާފައި އެވެ.
މިގޮތަށް ނިންމީ ބައި އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ އެވެ. އަދި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ ކަމަށް މައުލޫމާތުދެ އެވެ.
މިހާރު މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އާއި އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް