މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މި ރޯދަ މަހުގެ ފަހު 10 ގައި މާލޭގެ 17 މިސްކިތަކާއި ވިލިމާލޭ ތިން މިސްކިތެއްގެ އިތުރުން ހުޅުމާލޭ އަށް މިސްކިތެއްގައި ދަމުނަމާދު ކުރާނެ ކަމަށެވެ. އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މާލޭގެ އަށް މިސްކިތަކާއި ހުޅުމާލޭ ފަސް މިސްކިތެއްގެ އިތުރުން ވިލިމާލޭ އެއް މިސްކިތުގައި އެވެ.
މާލޭގައި ދަމު ނަމާދު ކުރާ ބައެއް މިސްކިތްތަކުގެ ތެރޭގައި ޝަހީދު އަލީ މިސްކިތް، އިބްރާހިމީ މިސްކިތް، އިސްލާމީ މަރުކަޒު، ނޫރު މިސްކިތް، ޝަމްސުއްދީން މިސްކިތް، ސަލާހުއްދީން މިސްކިތް ހިމެނެ އެވެ. ވިލިމާލޭގައި ދަމު ނަމާދު ކުރާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލް އިހްލާސް އާއި ބިއްރީ މިސްކިތް ހިމެނެ އެވެ.
ހުޅުމާލޭގައި ނެއިބަހޫޑް3 ގައި ހަދާފައިވާ ވަގުތީ މިސްކިތާއި އަޒީޒާ މިސްކިތުގެ އިތުރުން ޝެއިހް ގާސިމް މިސްކިތުގައި ދަމު ނަމާދު ކުރާނެ އެވެ.
މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކުގެ ތެރޭގައި ސަލްމާން މިސްކިތެއް ނުހިމެ އެވެ. އެކަމަކު އެ މިސްކިތުގައި ދަމު ނަމާދު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް