ޒުވާނުން ވަޒީފާގެ މައިދާނަށް ނެރެން ތައްޔާރު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ އެމްޓީސީސީން އެއްބަސްވެއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެމްޓީސީސީއާއި ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތު...

21 Apr 2022 | 09:52

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެމްޓީސީސީއާއި ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ ނީޒާ ޢިމާދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.

މި އެމްއޯޔޫގެ މަޤްސަދަކީ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.

އެމްޓީސީސީން ބުނީ އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީންނެވެ.

މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެއެވެ.

އެމްޓީސީސީން ބުނީ މި އެމްއޯޔޫގެ މުއްދަތު ދެމިއޮންނާނީ 31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެއެވެ.

އެމްޓީސީސީގެ އުއްމީދަކީ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަކީ ހުނަރުވެރި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޤާބިލު ބަޔަކަށް ވެގެން ދިޔުންކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް