ކުއިކްޕޭ މެދުވެރިކޮށް ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓް ފީ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފި

ކުއިކްޕޭ މެދުވެރިކޮށް ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓް ފީ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ހިިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑ...

21 Apr 2022 | 09:46

ކުއިކްޕޭ މެދުވެރިކޮށް ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓް ފީ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހިިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި ކަނޑައެޅިފައިވާ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު މި ހިނގާ އެޕްރީލް މަހުން ފެށިގެން އެ  ކޯޕަރޭޝަނުން ވަނީ ފައިސާ ނަގަން ފަށާފައި ކަމަށެވެ.

އަދި ހިޔާ ފްލެޓްތަކަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓް ފީ ބަލައިގަތުމަށް އޭރު ހަމަޖެހިފައިވާ ގޮތަކީ އެ ކޯޕަރޭޝަންގެ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އަދި އެޗްޑީސީގެ ކަލެކްޝަން ކައުންޓަރ މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް އެޗްޑީސީން ބުނީ އިތުރު ލުއިފަސޭހަތަކެއް އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުއިކްޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ކުއިކްޕޭ މެދުވެރިކޮށް ފްލެޓްގެ ވެރިފަރާތް ނޫން އެހެންފަރާތަކަށް އެ ފްލެޓެއްގެ އިންސްޓޯލްމަންޓް ފީ ދެއްކޭނެގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން  އެޗްޑީސީން ބުނީ މިއީ އިންސްޓޯލްމަންޓް ފައިސާ ދެއްކުމަށް އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމެއްކަމުގައެވެ.

ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ ގެތެރެއިން އެޕްރީލް

މިމަހުގެ ފައިސާ ޖޫރިމަނާ އާއި ނުލައި ބަލައިގެންނަ މުއްދަތު އެޗްޑީސީން ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ ޕޭމަންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިތުރުން ކުއިކްޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިގޮތަށް ނިންމިކަމުގައި ވީނަމަވެސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެވެސް ޖޫރިމަނާއަކާއި ނުލާ ކުލި ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސް ކަމަށް އެޗްޑީސީން ހާމަަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް