ޕްރިޔަންކާ ދަރިފުޅުގެ ޖިންސާއި ނަން ހާމަކޮށްފި

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސްގެ އަލަތު ދަރިފުޅުގެ ޖިންސާއި ނަން ހާމަކޮށްފި އެވެ. ޕްރިޔަންޔާ އާއި ނިކް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދިކަން އިއުލާނު ކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކ...

21 Apr 2022 | 09:22

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސްގެ އަލަތު ދަރިފުޅުގެ ޖިންސާއި ނަން ހާމަކޮށްފި އެވެ.

ޕްރިޔަންޔާ އާއި ނިކް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދިކަން އިއުލާނު ކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ. އެ ދުވަހު ދެމަފިރިން ބުނެފައިވަނީ އާއިލާއަށް މެމްބަރަކު އިތުރުމުން ޕްރައިވަސީ ބޭނުންވާ ކަމަށެވެ.

ދަރިފުޅު ލިބުނިކަން އިއުލާނު ކުރުން ފިޔަވާ އިތުރު މައުލޫމާތެއް އާންމު ނުކޮށް ހުރުމަށް ފަހު ދާދިފަހުން ވަނީ ލިބުނީ އަންހެން ކުއްޖެއް ކަމަށް ޕްރިޔަންކާ ބުނެފަ އެވެ. އަދި އިއްޔެ ވަނީ ދަރިފުޅުގެ ނަން އާންމުކޮށްފަ އެވެ.

ނިކް އާއި ޕްރިޔަންކާގެ ދަރިފުޅަށް ކިޔަނީ މާލްޓީ މޭރީ ޗޯޕްރާ ޖޯނަސް އެވެ. މާލްޓީ އަކީ ސްންސްކްރީތު ބަހުން މީރުވަސްދުވާ މަލަށް ނިސްބަތްކުރާ ބަހެކެވެ. މޭރީ ބޭނުންކޮށްފައިވަނީ ފްރެންޗް މާނައެއް ކަމަށްވާ ކަނޑުގައިވާ ތަރިތަކަށެވެ.

ޕްރިޔަންކާގެ ފަރާތުން ލިބުނު މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މާލްޓި އުފަންވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ15 ވަނަ ދުވަހު އެވެ.

ޕްރިޔަންކާ މީގެ އަހަރެއްހާ ދުވަސް ކުރިން ބުނެފައިވަނީ ދަރިއަކު ހޯދުމުގައި ދެމީހުން ދުރާލާ ރާވައިގެން ކުރާނެ ކަމެއް ނެތް ކަމަށާއި ބަލިވެ އިނދެއްޖެ ނަމަ އެ ދަރިފުޅު ހޯދާނެ ކަމަށެވެ. އެކަމަކު ސަރޮގޭޓް ކޮށްގެން ހޯދާ ވާހަކައެއް ބުނެފައެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް