އިޙްޔާ ފޯރަމް ގައި މިރޭގެ މަޢުޟޫއަކީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް"!

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް ގައި މިރޭގެ މަޢުޟޫއަކީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މި މަޢުޟޫޢު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހ...

21 Apr 2022 | 08:27

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ފޯރަމް ގައި މިރޭގެ މަޢުޟޫއަކީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މި މަޢުޟޫޢު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 9 ވަނަ ޕްރޮގްރާމްގައި މިރޭ ތަޤްރީރު ކުރައްވާނީ އައްޝައިޚް ޙަސަން މޫސާ ފިކުރީ އަދި އައްޝައިޚް އަޙްމަދު ސަމީރު ކަމަށެވެ.

އަދި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި އޮންނަ މި ފޯރަމްގައި ދެ ބޭފުޅުން ތަޤްރީރުކުރައްވާނީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މި މައުޟޫއަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ އިޙްޔާ ފޯރަމް އޮންނާނީ ފުވައްމުލައް ސިޓީގައި ކަމަށެވެ.

އަދި  އިސްލާމިކް މިނިސްޓްރީން ބުނީ އެ ފޯރަމްގައި "އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި ޢިޖުތިމާއީ ގުޅުން" މި މައުޟޫއަށް ތަޤްރީރުކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް