މަދުވަގުތުކޮޅަކު ކިޔަވަން އަވީގައި ދުއްވުމަށްވުރެ، ހޯމްވޯކް ދީ ރަމަޟާން މަހުގެ ފަހު ދިހައާއި ގުޅުވައި ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށް ރަނގަޅުކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެެއްޖެއެވެ.
ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަސް ދިމާވެފައިވަނީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާ ކަމަށެވެ.
އެހެންކަމުން މަދު ވަގުތުކޮޅަކު ކިޔެވުމަށް ދިލަ އަވީގައި ދުއްވުމަށްވުރެ ގޭގައި ދަރިވަރުން ފުރިހަމަ ކުރާނެ ހޯމްވޯކް މަސައްކަތް ހަވާލު ކުރުމަށްފަހު، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި ވާއިރު މި ހިނގާ އޭޕްރީލް މަހަކީ މި އަހަރުގެ އެންމެ ހޫނުގަދަ މަސްކަމުގައި މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް