އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން އަނެއްކާވެސް އޭސް ހާރޑްވެއާރ އާއި ކަލާރބެންކް ގުޅިގެން 'އެންމެ ސަޅި ރޯދަ ސޭލް' ގެ ނަމުގައި ވަރަށް ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ހިނގަމުންދާނީ 20 އޭޕްރިލް އިން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ. މި ޕްރޮ މޯޝަންގެ މުއްދަތުގައި މި ދެ ފިހާރައިންވެސް ބައްލަވައިގަންނަވާ ތަކެތިން ވަރަށް ޙާއްސަ ޑިސްކައުންޓްތައް ލިބިވަޑައިގަންނަވާނެއެވެ. މި ގޮތުން ރޯދަމަހަށް އެންމެ ބޭނުންވާފަދަ ތަކެތިން 90% އާއި ހަމަޔަށް ޑިސްކައުންޓް ލިބިގެންދާއިރު މީގެ އިތުރުން އޭސް ހާރޑްވެއާރ އަދި ކަލަރ ބޭންކް ކުރެ ކޮންމެ ފިހާރައަކުންވެސް މަދުވެގެން 300 ރުފިޔާގެ ވިޔަފާރިއެއް ކުރާ ކޮންމެ ބޭފުޅަކަށް ނަސީބުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތައް ލިބިވަޑައިގަންނަވާނީ 3 ލައްކަ ރުފިޔާގެ އަގުހުރި ނަގުދު ފައިސާގެ އިނާމެވެ.
މީގެ އިތުރުން ރޯދަމަހާއި ގުޅިގެން ތަފާތު ޕްރޮމޯޝަނަލް ހަރަކާތްތައް ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލްމީޑިއާތައް މެދުވެރިކޮއްގެންވެސް ކުރިއަށް ގެންދާނެއެވެ. މި ޕްރޮމޯޝަން ތަކުގައި ބައިވެރިވާ ބޭފުޅުންނަށް ވަރަށް ތަފާތު އަދި އަގުހުރި އިނާމް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި އިނާމް ތަކުގެތެރޭގައި އެމެރިކާގެ ނަންބަރު 1އެޕްލަޔަންސް ބްރޭންޑް ކަމަށްވާ 'ހެމިލްޓަން ބީޗް' ގެ އަގުހުރި ޕްރޮޑަކްޓްސް އެކުލެވިގެންވެއެވެ. އަދި ހަމަ އެހެންމެ، މިބްރޭންޑްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުގައި މި ޕޮރޮމޯޝަންގެ މުއްދަތުގައި ލިބިވަޑައިގަންނަވާނެއެވެ.
އޭސް ހާރޑްވެއާރ އާއި ކަލާރބެންކް އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ކުންފުންޏެވެ. މިގޮތުން ކަލާރބެންކް އަކީ 1994 ގައި ޔޫކޭގެ 'ކްރައުން ޕެއިންޓްސް' އާއި އެކު ކުރެވުނު އެއްބަސް ވުމަކާއި ގުޅިގެން އުފެދުނު ކުންފުންޏެކެވެ. މިއަދު ކަލާރބެންކަކީ އަޒްކޯ ނޮބެލްގެ 'ސިކަންސް' ބްރޭންޑް އަދި ޖޯޓަންގެ މެރިން ޕެއިންޓްސް ފަދަ ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ޕެއިންޓް ބްރޭންޑްތައް ރާއްޖެއައް އެތެރެކުރަމުން ގެންދާ ހަމަ އެކަނި ކުންފުންޏެވެ. އަދި 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ.
މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރާ މަގުބޫލް ކުންފުންޏެކެވެ. އޭސް ހާރޑްވެއާރ އާއި ކަލާރބެންކް ގުޅިގެންވަނީ މިދިޔަ އަހަރުވެސް ރޯދަމަހަށް ޙާއްސަކޮށް ވަރަށް ބޮޑެތި ޑިސްކައުންޓް ތަކާއި އަގުހުރި އިނާމްތައް ލިބޭނެފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި އަހަރުވެސް އުންމީދަކީ ޙިދުމަތްތައް ބައްލަވައިގަންނަވާ އެންމެހާ ކަސްޓަމަރުންނަށް ޥަރަށް ޙާއްސަ ފުރުސަތުތަކާއި އަގުހުރި އިނާމްތައް ލިބޭނެ ގޮތް މަގުފަހިކޮއްދިނުން ކަމަށާއި އަދި މީގެ އިތުރުން، ކަސްޓަމަރުންގެ އެއްބާރުލުމާއި އެކު އިތުރު ތަފާތު ޕޮރޮމޯޝަންތައް ކުރިއަށް އޮތްތާގައިވެސް ގެންދިޔުމުގެ އުންމީދުކުރާކަމުގައި އޭސް ހާޑްވެއާ އަދި ކަލަރބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް