ސޮނާކްޝީ "ނޫރް" ގައި ކުޅެފައިވާ ނޫސްވެރިއެއްގެ ރޯލަށް ގިނަބައެއްގެ ތަޢުރީފު

ބޮލީވުޑް ގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ އޭނާގެ އެންމެ ފަހުގެ ފިލްމު "ނޫރް" ގައި ކުޅެފައިވާ ނޫސްވެރިއެއްގެ ރޯލަށް ގިނަބައެއްގެ ތަޢުރީފު ލިބެމުން އެބަ ދެ އެވެ. ސޮނާކްޝީގެ މި ފިލްމަކީ ބުރަ ވަޒީފާއެއް އ...

21 Apr 2017 | 09:11

ބޮލީވުޑް ގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ އޭނާގެ އެންމެ ފަހުގެ ފިލްމު "ނޫރް" ގައި ކުޅެފައިވާ ނޫސްވެރިއެއްގެ ރޯލަށް ގިނަބައެއްގެ ތަޢުރީފު ލިބެމުން އެބަ ދެ އެވެ.

ސޮނާކްޝީގެ މި ފިލްމަކީ ބުރަ ވަޒީފާއެއް އަދާކުރަމުން ލޯބީގެ ދިރިއުޅުން ގެންގުޅޭގޮތް ދައްކުވައިދޭ ފިލްމެކެވެ.

މިއަދު ރިލީޒް ކުރާ މި ފިލްމަކީ ސަބާނާ އިމްތިޔާޒް ލިޔެފައިވާ "ކަރާޗީ، ޔޫ އަރ ކިލިންގް މީ" ކިޔާ ނޮވެލް އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފިލްމެކެވެ.

މި ފިލްމު ރިލީޒް ވުމުގެ ކުރިން ޓްރެއިލާސް ތަކުން ފެނިގެންދިޔަ ސޮނާކްޝީގެ އެކްޓިން އިން ގިނަ ބޮލީވުޑް ތަރިންތައް ދަނީ ސޮނާކްޝީއަށް ސޯޝަލް މީޑިޔާ ގައި ތަޢުރީފު ކުރަމުން ނެވެ.

މިއަދު ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވީނަމަވެސް އިންޑަސްޓްރީގެ ބައެއް ތަރިންތަކަށް ދައުވަތު ދީގެން ޔަޝްރާޖް ސްޓޫޑިއޯގައި މި ފިލްމު ވަނީ އަޅުވާފަ އެވެ. އެ ބަލަން ދިޔަ މީހުން ވެސް ވަނީ ޓްވިޓާގައި ސޮނާކްޝީގެ ރޯލަށް ތަޢުރީފު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް