"ރަންދަމޫޒަމް": އިންޑިއާގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު ފިލްމު

އިންޑިއާގައި ލިޔެފައިވާ އެޤައުމުގެ ތާރީޙު އަންގައިދޭ އެންމެ ދިގު ޅެމަށް 115 މިލިއަން ޑޮލަރުގެ ބަޖެޓަކުން ފިލްމެއް ހަދަން ނިންމައިފިއެވެ. އިންޑިއާގެ ތާރީޙުން އެނގެން އޮންނަ ޅެންތަކުގެ ތެރެއިން "މަހާބާރ...

21 Apr 2017 | 09:00

އިންޑިއާގައި ލިޔެފައިވާ އެޤައުމުގެ ތާރީޙު އަންގައިދޭ އެންމެ ދިގު ޅެމަށް 115 މިލިއަން ޑޮލަރުގެ ބަޖެޓަކުން ފިލްމެއް ހަދަން ނިންމައިފިއެވެ.

އިންޑިއާގެ ތާރީޙުން އެނގެން އޮންނަ ޅެންތަކުގެ ތެރެއިން "މަހާބާރަތު"ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ މި ފިލްމު، މިހާތަނަށް އިންޑިއާގައި ހެދި އެންމެ އަގުބޮޑު ފިލްމުކަމަށްވާ "ބަހުބަލީ" ގެ ރިކޯޑު މުގުރާލާނެއެވެ. ބަހުބަލީއަކީ 65  މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމު ހެދުމަށް ހަރަދުކުރަނީ ޔުނައިޓެޑް އަރަބި އެމިރެޓްސްގެ ވިޔާފާރީ ވެރިއެކެވެ. އެނާ ބުނީ މި ފިލްމު ވެގެންދާނީ ތާރީޙުގެ މައްޗަށް ހަދާ ފިލްމުތަކުގެ ތެރެއިން ތާރީޙީ ފިލްމަކަށެވެ. މި ފިލްމުން އިންޑިއާގައި ކޮލެޓީ ރަނގަޅު ތާރީޙީ ފިލްމުތައް ހެދޭނެކަން ސާބިތުވެގެންދާނެ ކަމަށް އޭނާ ބުނިއެވެ. އަދި މި ފިލްމު 100 އަށްވުރެ ގިނަ ބަސްތަކުން ލިބޭނެގޮތް ހަދާނެކަމަށާއި މިއާއެކު މި ފިލްމުއަށް ތިން މިލިއަނަށްވުރެ ގިނަ އޯޑިއެންސް ލިބޭނެކަމަށް ބެލެވޭކަމަށް އޭނާ ބުނިއެވެ.

މި ފިލްމުގެ ވާހަކަ ޑިވެލޮޕްކުރާނީ މަޝްޙޫރު މެލެޔާލަމް ލިޔުންތެރިޔާ ވަޝުދޭވް ނައިރް އެވެ. ޝްރީކުމާރް މީނޮން ޑައިރެކްޓު ކުރާ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާނީ ސެޕްޓެމްބާރ 2018 ގައެވެ. ދެ ބައެއް އިންނަ މި ފިލްމު އިނގެރޭސި، ހިންދީ، މެލެޔާލަމް، ކަނައްޑާ، ޓެމިލް، އަދި ޓެލުގޫ ބަހުން ޝޫޓްކުރާނެވެ. މި ފިލްމު ރިލީޒްކުރާނީ 2020 ވަނަ އަހަރުއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިންޑިއާ އަދި ހޮލީވުޑްގެ ވަރަށް މަގުބޫލު އެކްޓަރުން ފެނިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް