ގދ ފިޔޯރީގައި އިންޖީނުގޭގައި އިންޖީނެއް ގޮވައި، މީހަކު މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެމްބަރު ސައީދު މުހައްމަދު ވިދާޅުވީ މި ހާދިސާ ހިނގީ ހުކުރު ވަގުތު ކަމަށާއި އިންޖީނު ގޮވުމާއެކު ފިހިގެން ނިޔާވެފައިވަނީ އޭރު ޑިއުޓީގައި ހުރި ކުއްޖާ ކަމަށެވެ. ނިޔާވިކަން ޑޮކްޓަރު ކަށަވަރު ކޮށްދީފައި ވާކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.
"ހުކުރު ކުރަމުން ދަނިކޮށް ބާރު އަޑެއް ގޮވި، ސަލާން ދިން ތަނުން މީހުން ގޮވާ އަޑު އިވުނު، އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް، ދިޔައިރު ޑިއުޓީގައި ހުރި ކުއްޖާ އެއްކޮށް އޮތީ ފިހިފައި، ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ވިދާޅުވި ނިޔާވެފައި ކަމަށް" ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު އިތުރަށް ވިދާޅުވީ އެ ޒުވާނާ ނިޔާވެފައި އޮތީ އިންޖީނުގެ ބެޓެރިތައް ކައިރީގައި ކަމަށާއި އޭނާގެ ހަށިގަނޑު އެއްކޮށް އަނދާފައިވާކަމުގައި މަންޒަރު ދުއް ބައެއް މީހުން ބުނާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ޗިޗަންޑާގޭ ނާޒިދު އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް