މުސްލިމުން ޙަލާލު މުދާ ހޯދުމަށް ނުހުންނަހާ ފޯރި ޙަލާލު ކާއެއްޗެހި ކެއުމަށް ހުރޭ!

ކުއަލާލަމްޕޫރު (އޭޕްރީލް 19) - މުސްލިމުން ހަލާލު މުދާ ހޯދުމަށް ނުހުންނަހާ ފޯރި، ހަލާލު ކާއެއްޗެހި ކެއުމަށް ހުންނަކަމަށް މެލޭޝިއާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަޝްރަފް ވަޖ...

21 Apr 2017 | 05:30

ކުއަލާލަމްޕޫރު (އޭޕްރީލް 19) - މުސްލިމުން ހަލާލު މުދާ ހޯދުމަށް ނުހުންނަހާ ފޯރި، ހަލާލު ކާއެއްޗެހި ކެއުމަށް ހުންނަކަމަށް މެލޭޝިއާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަޝްރަފް ވަޖްދީ ދުސުކީ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ މެލޭޝިއާގެ އިސްލާމިކް ފައިނޭންޝިއަލް އިންސްޓީޓޫޝަންގައި ޒަކާތައި، ވަޤުފާއި، އަދި ޞަދަޤާތާއި ބެހޭގޮތުން އޮތް ސެމިނާއެއްގައި ތަޤުރީރު ކުރައްވަމުންނެވެ.

ޑރ. އަޝްރަފް ވިދާޅުވީ ބައެއް މުސްލިމުން ދެކެނީ އިސްލާމް ދީނަކީ ހަމައެކަނި އަޅުކަމުގެ ދީނެއްކަމަށާއި ޙަރާމް އަދި ޙަލާލު ބިނާވެގެން އަންނަނީ ތިމާ ބޭނުންކުރާ އެއްޗެހީގެ މައްޗަށް އެކަނިކަމަށެވެ.

"ޙަލާލް ކާއެއްޗެއްސާއި ޙަލާލު ލޭބަލާއި މެދު މީހުން މާބޮޑަށް ކަންބޮޑުވެ ފަރުވާތެރިވޭ. އެކަމަކު ޙަލާލު ކާއެއްޗެހި ގަންނަންވީމަ މި ބޭނުން ކުރެވެނީ ޙަލާލު ފައިސާތޯ ވިސްނާނުލާ." ޑރ. އަޝްރަފް ތަޤުރީރު ކުރައްވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްގަމު މަސް ކާންވުމުން އޭއީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ ޙަލާލު ކާއެއްޗެއްތޯ ބެލުމަށް ގިނަ މުސްލިމުން ވަރަށް ފޯރީގައި އުޅޭކަމަށާއި ނަމަވެސް އެ ގަންނަ ވަގުތު މި ބޭނުންކުރާ ފައިސާއަކީ ޙަލާލު ފައިސާތޯ ބެލުމަށް އެ ފޯރި ނުހުންނަކަމަށެވެ.

ޑރ. އަޝްރަފް މިހެން ވިދާޅުވެފައިވަނީ މެލެޝިއާގައި "ޙަލާލް ބިޔަރު" ގެ ޕުރޮޑަކްޓަކަށް އެ ޤައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ޙަލާލް ސެޓުފިކެޓް ނުދިން މައްސަލަ ވަރަށް ގަދަޔަށް ދެކެވެމުން ދަނިކޮށެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ރަލާއި، އޫރު މަސް ފަދަ ޚަރާމް ތަކެތި ހިމެނޭ އެއްވެސް ޕްރޮޓަކްޓަކަށް ޙަލާލް ސެޓުފިކެޓް ދޫނުކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް