ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފޯނު ބާޒާރެއް ނެރޭނެ ތާރީހެއް އަދި ސެމްސަންގަކުން ހާމައެއް ނުކުރެ އެވެ.
ދިރާގުން ބުނީ ދިރާގު މެދުވެރިކޮށް ފޯނު ގަތުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމެންޓަށް ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފޯނު ގަންނަ ފަރާތްތަކަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ އެވެ.
ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއްގެ ފޯނު ލިބެން ހުރެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑް އެވެ. ދިރާގުން ބުނީ އެ ކުންފުނި މެދުވެރިކޮށް ޕްރީ ރެޖިސްޓާ ކުރާ ފަރާތްތަކަށް އެ ދެކު ލައިގެ ފޯނަށްވެސް އޯޑަރު ކުރެވޭނެ ކަމަށެވެ.
މި ދެ ފޯނަކީ ބްލޫޓޫތު 5 އެންމެ ފުރަތަމަ ހިމެނި ދެ ފޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް