ކައުންސިލް އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓު އާންމުކޮށްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ. މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބިފައިވާ ކަ...

21 Apr 2017 | 03:54

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބިފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ލިސްޓު މިހާރު ކޮމިޝަނުގެ ވެބްސައިޓުން ބެލެން ހުންނާނެ ކަމަށާއި ވޯޓުލާންތަން ޔަގީން ކުރުމަށް އެސްއެމްއެސްކޮށްގެންވެސް ބެލޭނެ ކަމަށެވެ.

އީސީން ދާއިމީ ޥޯޓާސް ލިސްޓު އާންމުކޮށްފައި މިވަނީ ލިސްޓު ތަކުގައި ސޮއި ކުރުމަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީން ދެކޮޅު ހަދާފައި ވަނިކޮށެވެ. އެކަމަކު އީސީން ބުނީ ލިސްޓުތަކުގައި ސޮއި ނުކުރިޔަސް އިންތިހާބު ބޭއްވުމަށް ހުރަހެއް ނެތް ކަމަށްސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ބުނެފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. މިއީ އިންތިހާބު ބާއްވަން ކަނޑައެޅި ހަތަރު ވަނަ ތާރީ ހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް