ފާރިސްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ދައުލަތުން ކޮށްފައިވާ ހަރަދެއް އަނބުރާ ނުދައްކާކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށ...

21 Apr 2017 | 02:42

ދައުލަތުން ކޮށްފައިވާ ހަރަދެއް އަނބުރާ ނުދައްކާކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފާރިސްގެ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ އެންޓީ ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ .އަދި އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅީ ތަހުގީގު ނިންމުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާޜިސް ކުރެއްވި ކަމަށް ބުނާ އެ ހަރަދަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތީމުގޭގައި ކޮށްފައިވާ ހަރަދެކެވެ.

މިކަމާ ގުޅިގެން ފާރިސް އަދި އެއްޗެއް ހާމައެއް ނުކުރައްވައެވެ. އެކަމަކު ފުލުހުން ކުރިޔަށް ގެންދިޔަ ތަހުގީގަކަށް ތިން ދުވަސް ތެރޭ ފަސް ފަހަރު ހާޒިރު ކުރި ކަމަށް ބުނެ ފާރިސް ވަނީ މީޑިއާގަިއ ވާހަކަ ދައްކަވާފައި އެވެ. އަދި އެ ދުވަހު ވިދާޅުވީ ގެންދާ ކޮންމެ ފަހަރަކު ސުވާލު ކުރަނީ ތަފާތު ކަންކަމާ ގުޅޭގޮތުން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ފާރިސް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށެވެ. މިހާރުވެސް ކިނބިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ވަނީ ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައި އެވެ.

ކުއްލިއަކަށް އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވި ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވަމުންދާއިރު ރޭ ވަނީ ޖޭޕީގެ ލީޑާރު ގާސިމް އިބްރާހިމް އަނެއްކާވެސް ހައްޔަރު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް