މުންބާއި ( އޭޕްރީލް 20) - ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ކަމަށް ރެކޯޑޫ ކުރެވިފައިވާ މިޞްރުގެ އީމާން އަބްދުލް އިންޑިއާގެ ހޮސްޕިޓަލެއްގައި ކުރި ސާޖަރީއަކަށްފަހު 250 ކިލޯގްރާމް ލުއިކޮށްފި އެވެ.
ހިކެން ވެގެން އީމާން އިންޑިއާއަށް ދިޔަ އިރު އޭނާ ގައިގަ 500 ކިލޯގްރާމް ހުއްޓެވެ. އީމާން ސައިފީ ހޮސްޕިޓަލުގައި ބަރުދަން ލުއިކުރުމަށް ފަރުވާހޯދަމުން އަންނަތާ މިހާރު މިވަނީ ދެ މަސްދުވަސް ވެފައެވެ.
މުމްބާއީއަށް ދިޔަޢީ މީހާ މާބޮޑަށް ފަލަވެ ބޮޑުވުމުން ހެލިފެލިވެ ނޫޅެވޭތީ ގެއިން ނުނިކުންނަތާ 25 އަހަރު ފަހުންނެވެ.
ބަރުދަން ލުއިކުރުމަށް އީމާން ކުރީ ބެރިއޭޓްރިކް ކިޔާ ސާޖަރީއެކެވެ. މި ސާޖަރީއަކީ ނުރައްކާތެރިވާފަދަ ދަރަޖައަކަށް ބަރުދަން އިތުރުވެފައިވާ ތިބޭ މީހުނަށް ފަރުވާކުރުމަށް ކުރާ ސާޖަރީއެކެވެ. އެގޮތުން މި ސާޖަރީ ކުރެވޭނީ ބޮޑީ މާސް އިންޑެކްސް 40 ނުވަތަ 35 އަކަށްވުރެ މަތީގައި ހުންނަ މީހުންނަށާއި ބަރުދަން އިތުރުވުމުން ނުރައްކާތެރިވާ ޙާލަތުގައި ތިބޭ މީހުންނަށެވެ.
އީމާން ސާޖަރީ ކުރި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާނީ މިހާރު އީމާން ވީލް ޗެޔާއަކަށް ލެވޭނެކަމަށާއި އަދި ގިނަ ވަގުތުވަންދެން އިށީދެގެން އިނދެވޭނެކަމަށެވެ. އޭނާ ސާޖަރީ ކުރި ޑޮކްޓަރުންގެ ޓީމްގެ ޑޮކްޓަރަކު ބުނީ އީމާންގެ ބަރުދަން މަޑުމަޑުން ކުރިއަށް އޮތްތަނުގައި ލުއިވަމުންދާނެކަމަށެވެ. ނަމަވެސް އޭނާ ކުޑައިރު ޖެހިފައިވާ ސުޓްރޯކެއްގެ ސަބަބުން ޕެރެލައިޒްވި ގައިގެ އެއްބައި ދެންވެސް ހުންނާނީ ޕެރަލައިޒްވެފައި ކަމަށާއި ޕެރެލައިޒްވެފައިވާ ބަޔަށް ތަދުދައްވުން އެކަށީގެންވާކަމަށެވެ. އީމާންއަށް ވާހަކަދެއްކުމާއި ކާއެއްޗެހި ދިރުވުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވެއެވެ.
ހޮސްޕިޓަލުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހޮސްޕިޓަލުން މިހާރު އިންތިޒާރު ކުރަނީ އީމާންގެ ބަރުދަން ވަރަށް ބޮޑުތަން ލުއިވާނެ ދުވަހަކަށް މަށެވެ. އޭރުން އޭނާ ސީޓީ ސްކޭން މޭޝިނަކަށް ލައި ޓެސްޓުތައްކޮށް ސުޓްރޯކްގެ ސަބަބުން ކުރިމަތިވެފައިހުރި ޞިއްޚީ މައްސަލަތަކަށް ފަރުވާ ހޯދިދާނެކަމަށެވެ.
އީމާންއަށް ދެން ދޭނެ ފަރުވާގެ ތެރޭގައި މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާ މީހުނަށް ދޭ ބޭހެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ހަ މަސްފަހުން ދޭ މި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް