ގާސިމް އަނެއްކާވެސް ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. ގާސިމް ހައްޔަރު ކުރީ ގެކޮޅުގައި ހުންނަވަނިކޮށް ފުލުހުންވަދެ އެވެ. އެކަން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ޔަގީން ކޮށްދެއްވަމުން ...

20 Apr 2017 | 19:22

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ގާސިމް ހައްޔަރު ކުރީ ގެކޮޅުގައި ހުންނަވަނިކޮށް ފުލުހުންވަދެ އެވެ. އެކަން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ޔަގީން ކޮށްދެއްވަމުން ވިދާޅުވީ ފުލުހުން ގާސިމް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް ހައްޔަރު ކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

https://twitter.com/PoliceMv/status/855140006595133440

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ޕީޖީ ހުސައިން ޝަމީމު ދެންމެ ވިދާޅުވީ ވަކީލުންނަށް ބެރިކޭޑުން އެތެރެއަށް ވަނުމުގެ ހުއްދަ ފުލުހުން ނުދޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ގެންދިޔައީ ދޫނިދޫ އަށެވެ.

ގާސިމް މީގެ ކުރިންވެސް ހައްޔަރު ކުރި އެވެ. އަދި ކްރިމިނަލް ކޯޓުން ހަ ދުވަސް ފުލުހުންގެ ބަންދަން ޖަހާފައިވަނިކޮށް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ގާސިމް ދޫކޮށްލަން އަމުރުކޮށްފައި އެވެ.

އަދި ގާސިމް ހައްޔަރު ކުރީ ގާނޫނު އަސާސީއާއި މަޖިލީހުގެ މެންބަރުން އިމްތިޔާޒުތަކާއި ތަކާ ބެހޭ ގަވައިދާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ އެފަހަރު ގާސިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭން އުޅޭ ކަމުގެ ތުހުމަތުގައި އެވެ.

އެ މައްސަލައި ގާސިމްގެ މައްޗަށް ދައުވާ ކުރަން ފޮނުވި އިރު އިތުރު ދެ ދައުވާއެއް އުފުލި އެވެ. އެއީ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމާއި، ގާނޫނީ ގޮތުން އުފެދިފަިވާ ވެރިކަމެއް ބައްޓާލަން އުޅުނު ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު ދެން އަޑޫ އެހުމެއް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް