އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް މަޖިލީސް ހުއްޓުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މޭޒު ކައިރީގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ. ތާޅަފިއްޔާއި ދުންމާރި މަޖިލީހަށް ވެއްދުން އިއްޔެ މަނާކުރުމުން، އެމްޑީ...

21 Apr 2015 | 05:53

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު މޭޒު ކައިރީގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ.

ތާޅަފިއްޔާއި ދުންމާރި މަޖިލީހަށް ވެއްދުން އިއްޔެ މަނާކުރުމުން، އެމްޑީޕީގެ މެމްބަރުން މިއަދު އެފަދަ ތަކެއްޗެއް މާލަމަކަށް ނުވައްދައި ޖަލްސާ ފެށުމުން އެ މެންބަރުން ވަނީ މަޖިލީހުގެ ރައީސް މަސީހުގެ މައިކުން އަޑުގަދަކޮށް ސަރުކާރަށް އެއްޗެހި ގޮވާފަ އެވެ.

އެމްޑީޕީގެ މަޖިލީސް މެންބަރުން ވިދާޅުވީ މިއަދުގެ ޖަލްސާގައި އެގޮތަށް އަމަލު ކުރީއިއްޔެ ފާސްކުރި އިސްލާހާއި ގުޅިގެން ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އިދިކޮޅު މެންބަރުން ކޮމިޓީތަކަށާއި މަޖިލީހަށް ހާޒިރުވިޔަސް ނުވާކަމަށް ނިންމާނަމަ މަޖިލީހުގެ ރައީސްވެސް އެ މެންބަރުންނަށް ޖަލްސާއިން ނުފެންނާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އިއްޔެ ފާސްކުރި އިސްލާހަކީ ގާނޫނާއި ހިލާފު އިސްލާހެއްކަމަށެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ރިސޯޓްތަކުގެ މުއްދަތު 99 އަހަރަށް ދިގުކުރާށާއި ޓޫރިޒަމް މިނިސްޓްރީ ބާރުތައް ފުޅާކުރަން ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހުތައް ފާސްކުރުމެވެ. ނަމަވެސް ޖަލްސާ މެދުކަނޑާލުމުން، އެ ބިލްގެ ކޮމިޓީ ރިޕޯޓް ވެސް މަޖިލީހަށް އިއްވިފައެއް ނުވެ އެވެ.

އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހްތިޖާޖުކުރަން ފެށީ އެމްޑީޕީގެ ރައީސް މުހަައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް